އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދުކުރެއްވި ސަރަނގު އާދަމް މަނިކު (ސަރަނގޭ) ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގޭ ދުވަހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަމަށާއި ސިޔާސީ ކަންކަމުގައި ކަންކަން ހިނގަންވާނެ މަގަކީ އެއީ ކަމަށެވެ.
"އަޅުގަނޑަކީ އެމްޑީޕީގެ މެންބަރެއް، ރައީސް ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް" ސަރަނގޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ސަރަނގޭ ރައީސް ނަޝީދަށް ތާއީދުކޮށް ރައީސް ނަޝީދުގެ ކެމްޕޭނު ހަރަކާތްތަކުގައި އުޅުއްވިއެވެ.
އެ އިންތިހާބުން ރައީސް ނަޝީދު ބަލިވެވަޑައިގެންނެވިނަމަވެސް އަދިވެސް ރައީސް ނަޝީދު ގެންދަވަނީ އެ ނަތީޖާ ގަބޫލުފުޅުނުކުރައްވާފަދަ މޭރުމަކުން އަމަލުތައް ކުރައްވަމުންނެވެ.
އެގޮތުން ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ހަރަކާތެއް އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދު ފެއްޓެވިއެވެ. އެހެން ނަމަވެސް އެ ހަރަކާތް މިހާރު ކުރިއަށްދާ މަންޒަރެއް ނުފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް