މޯލްޑިވްސް ރިފޯމް މުވްމެންޓް (އެމްއާރުއެމް) ގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޕާޓީން ކުރި އިއުލާނެއްގައި ބުނީ ހުސްވެފައިވާ35 މަގާމަށް މީހުން އިންތިހާބު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ އިންތިހާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ24 ވަނަ ދުވަހު އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްއާރްއެމްއިން ބުނެ އެވެ.
ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ މަގާމުތަކަކީ:
- އެމްއާރްއެމްގެ ނައިބު ރައީސް
- ޒުވާނުންގެ ކައުންސިލުގެ ރައީސް
- އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަންހެން
- އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ފިރިހެން
- ޒުވާނުންގެ ކައުންސިލްގެ މެންބަރު ފިރިހެން (10 މަގާމު)
- ޒުވާނުންގެ ކައުންސިލްގެ މެންބަރު އަންހެން (8 މަގާމު)
- އަންހެނުންގެ ކައުންސިލްގެ މެންބަރު (13 މަގާމު)
އެމްއާރުއެމްއިން ގިނަ މަގާމުތަކަށް މީހުން އައްޔަން ކުރަން ނިންމާފައި މިވަނީ ދާދިފަހުން އެ ޕާޓީގެ އިސް އަށް މެމްބަރަކު ވަކިވެފައި ވަނިކޮށެވެ. އެބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް