އިންޑިއާ އާއި ރާއްޖެ އަދި ސްރީލަންކާ އަށް އެތެރެ ކުރަން އުޅުނު2.5 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މި ތަކެތި އަތުލައިގެންފައިވަނީ އިންޑިއާގެ އެންސީބީ އާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ކޮޗިން ބޭރުން ދަތުރު ކުރަމުން ދިޔަ އެ ބޯޓު އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ޕާކިސްތާނުން ދަތުރު ފަށައިގެން ކަމަށް ވެ އެވެ.
އެންސީބީއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބޯޓުން ފެނިފައިވަނީ ބަސްތާތަކެއްގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްޕެޓަމައިން (މެތު) އެވެ. އެތަކެތި ބަންދުކޮށްފައި ހުރި 134 ބަސްތާ އަތުލައިގަނެވުނު ނަމަވެސް އެ ބޯޓު ވަނީ ފެތިފައި އެވެ.
މި މައްސަލައިގަ އެ ބޯޓުން ދަތުރު ކުރި ޕާކިސްތާނު މީހަކު އިންޑިއާ ސިފައިން ވަނީ ހައްޔަރުކޮށްފައި އެވެ. ބޯޓުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު28 މިލިއަން ރުުފިޔާއަށް އަރާނެ ކަމަށް އިންޑިއާ ސިފައިން ބުނެފައިވެ އެވެ.
އިންޑިއާ ސިފައިން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި މި ގައުމުތަކަށް އެތެރެ ކުރުމަށް މަސައްކަތް ކުރަނީ އަފްގާނިސްތާނާއި ޕާކިސްތާނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް