އުކުޅަހަށް ރާ ވިއްކަން ކަމަށް ބުނާ މައްސަލަ، ސަފާރީ ފަޅުން ނެރެން 24 ގަޑިއިރު!

އއ. އުކުޅަހު ބަނދަރުގައި އޮތް ސަފާރީއަކުން ރަށަށް ރާ ވިއްކާ ކަމަށް ބުނާ މައްސަލައިގަ24 ގަޑިއިރު ތެރޭގައި އެ ސަފާރީ ފަޅުން ނެރެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ. މި އަމުރު އެ ކޯޓުން ނެރ...

14 May 2023 | 09:00

އއ. އުކުޅަހު ބަނދަރުގައި އޮތް ސަފާރީއަކުން ރަށަށް ރާ ވިއްކާ ކަމަށް ބުނާ މައްސަލައިގަ24 ގަޑިއިރު ތެރޭގައި އެ ސަފާރީ ފަޅުން ނެރެން އެ ރަށު މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.

މި އަމުރު އެ ކޯޓުން ނެރެފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އެ އަމުރު ނެރެދިނުމަށް ކޯޓުގައި އެދުނީ އުކުޅަކު ކައުންސިލުންނެވެ.

އެ ސަފާރީން ރާ ވިއްކާކަމުގެ ތުހުމަތާއި އެކު އެރަށު މީހުން ވަނީ ކައުންސިލަށް އެ މައްސަލަ ހައްލުކޮށްދިނުމަށް ކައުންސިލަށް ހުށަހަޅާފައި އެވެ. އެކަމަކު ހައްލު ނުވާ ކަމަށް ބުނެ އިހުތިޖާޖުކޮށް ކައުންސިލް ދޮރު މަތީގައި ބޮއްކުރައެއް ބާއްވާފައި އެވެ.

އުކުޅަކު ކައުންސިލުން ބުނީ އެ ސަފާރީ ނެރެދިނުމުގެ އަމުރަކަށް އެދުނީ ފުލުހުންނަށް އެ މައްސަލަ ހުށަހަޅައިގެންވެސް ހައްލެއް ނުލިބުމުން ކަމަށެވެ. މި މައްސަލައިގަ ކައުންސިލްގެ އެދުމަށް ފުލުހުން އެ ސަފާރީއަށްވެސް އަރައި ބަލައި ފާސްކުރި އެވެ.

އެ ސަފާރީ އެރަށު ފަޅުގައި ބޭއްވުމުގެ ހުއްދައަށް އެދުނީ މަރާމާތު ކުރުމަށް ކަމަށް ބުނެ އެވެ. ކައުންސިލުން ހުއްދަ ދިނީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް