ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ މިމަހު ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ28 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އެވެ.
ޖަލްސާގައި ބައވެރިވެވޭނީ މިމަހުގެ 21 ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ މީހުންނަށެވެ. ޕްރ-ީރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 8:30ގެ ނިޔަލަށް އޮންނާނެ އެވެ.
އަހަރީ ޖަލްސާގައި މިދިޔަ ޖެނުއަރީ 10 ވަނަ ދުވަހު ބޭއްވި ބީއެމްއެލްގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި، އާމްދަނީގެ ބަޔާނާއި، ޑިރެކްޓަރުންގެ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓާއި ފާސް ކުރުން އޮންނާނެ އެވެ.
މީގެ އިތުރުން ހިއްސާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ އަދަދު ފާސްކުރުން އޮންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް