ތޫފާން މޯކާ: ދަހަރެއްހާ ދުވަހުގެ ތެރޭގައި ބަންގާޅު ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން މިއަދު މިޔަންމާއަށް އަރާނެ

ރާއްޖޭގެ ކައިރިން ފެނުނު ޓްރަފަކުން ފެށިގެން ގޮސް ބަންގާޅު ކަނޑުގައި ފައްކާވި ތޫފާން މޯކާ މިއަދުގެ ވަގުތެއްގައި މިޔަންމާއަށް އަރާނެއެވެ. ތޫފާން މޯކާ އަކީ ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ބަންގ...

14 May 2023 | 04:23

ރާއްޖޭގެ ކައިރިން ފެނުނު ޓްރަފަކުން ފެށިގެން ގޮސް ބަންގާޅު ކަނޑުގައި ފައްކާވި ތޫފާން މޯކާ މިއަދުގެ ވަގުތެއްގައި މިޔަންމާއަށް އަރާނެއެވެ.

ތޫފާން މޯކާ އަކީ ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ބަންގާޅު ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން ކަމަށް ބުނެފައިވެއެވެ. މި ގަދަ ވަޔާއެކު ދަތުރުކުރަމުން އަންނަ މި ތޫފާނަކީ މިހާރު ކެޓަގަރީ ހަތަރެއްގެ ހަރިކޭނެއް ކަމުގައި މިހާރު ވަނީ މާކް ކޮށްފައެވެ.

ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ބުނެފައިވާގޮތުގައި މި ތޫފާން ގަޑިއަކު 17 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރު ކުރަމުން ގޮސް މިއަދު މެންދުރުގެ ވަގުތެއްގައި ބަންގްލަދޭޝް އަދި މިޔަންމާގެ އައްސޭރިފަށާއި ހަމައަށް ފޯރާނެއެވެ.

މި ތޫފާނަށް ތައްޔާރުވުމުގެ ގޮތުން މިޔަންމާއިން އަންނަނީ އެ ގައުމުގެ އައްސޭރި ފަށުގެ ސަރަހައްދުތަކުގެ މީހުން ސަލާމަތީ އައްސޭރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބަންގްލަދޭޝް އަށް މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ސަރަހައްދަކީ މިޔަންމާއިން ހިޖުރަކުރި މުސްލިމުން ތިބޭ ރެފިއުޖީ ކޭމްޕްތައް ހިމެނޭ ކޮކްސް ބާޒާރު ސަރަހައްދުކަމުން ބަންގްލަދޭޝް އިންވެސް އަންނަނީ ދުރާލާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް