ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބައި އިލެކްޝަން ޕީޕީއެމްއިން ކާމިޔާބު ކޮށްފި އެވެ.
މި އިންތިހާބުގައި ވާދަ ކުރީ ޕީޕީއެމްއިން ފާތިމަތު ނާޒިމާއާއި، އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ. މި އިންތިހާބު ނާޒިމާ ކާމިޔާބުކުރީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.
ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މި އިންތިހާބުގައި ނާޒިމާއަށް ލިބުނީ 359 ވޯޓެވެ. އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިފަވަނީ 358 ވޯޓެވެ.
މި އިންތިހާބުގައި ހަ ވޯޓުފޮށްޓެއް ވިލިމާލޭގައި ބެހެއްޓި އިރު ވޯޓު ލިމުގެ ހައްގު ލިބިގެންވ ާ2،900 މީހުން ތިއްބެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ.
އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް