ރާއްޖޭގެ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މެޓް އޮފީހުން ދަނީ ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް ރެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ރީނދޫ އެލާޓު ނެރެމުންނެވެ. މިރޭ8:00 އާއި ހަމައަށް ހއ. އަތޮޅުން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށް އޮތީ ރީނދޫ އެލާޓު ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
އާންމު ގޮތެއްގައި ވައި ޖެހޭނީ25 މޭލާއި30 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި50 މޭލަށް ވައިގަދަވާނެ ކަމަށް ބުނެ އެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް ހަފްތާވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް