މިއަދު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ފަހު ޕާޓީ ބައިބައި ނުވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި ރައީސް ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާއީދު ކުރައްވަނީ ވަކި ކެންޑިޑޭޓުންނަށެވެ. އެހެންވެ އެތެރޭގެ ކޯޅުން ބޮޑުވެ ކެމްޕެއިންގެ ފޯރިވެސް ދިޔައީ ވަރަށް ގަދަކޮށެވެ.
ރައީސް ސޯލިހު ތާއީދު ކުރައްވަނީ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ ފައްޔާޒް އިސްމާއިލް އަށެވެ. ނަޝީދު ތާއީދު ކުރައްވަނީ އިމްތިޔާޒު ފަހުމީއަށެވެ.
މިއަދު ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކެމްޕެއިން ތެރޭގައި ފެނިގެން ދިޔައީ އިންތިޚާބެއްގައި ފެންނަން ޖެހޭނެ އަދި ފެންނާނެ ހުރިހާ ކަމެއް ކަމަށެވެ. އެކަމަކު ނަތީޖާއެއްގެ ގޮތުގައި ޕާޓީ ދެބައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންތިހާބަށް ފަހު ޕާޓީގެ އެއްބައިވަންތަކަން އޮންނާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް