ރިޔާސީ ރޭހުގައި ވާދަނުކުރަން އެއްވެސް އިރަކު ނިންމާފައިނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ސަންގާ ވާހަކަފުޅު ދައްކަވަމުންނެވެ.
ސަންގު ޓީވީން މިއަދު ބުނެފައިވަނީ 2023 ގެ ރިޔާސީ ރޭސް އަދި އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހް ވާދަ ނުކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކަތަކާ ގުޅޭގޮތުން ރައީސް ސޯލިހް ސަންގާ ވާހަކަ ދައްކަވައިފިކަމަށެވެ.
އެގޮތުން އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭގޮތުން ރައީސް ނަޝިދާ އެއްވެސް މަޝްވަރާއެއް ނުހިނގާ ކަމަށާއި އެމްޑީޕީގެ ޕްރައިމަރީގައި ނުވަތަ ރިޔާސީ ރޭހުގައި ވާދަނުކުރައްވަން އެއްވެސް އިރަކު ނުނިންމަވާކަމަށާއި އެފަދަ ވާހަކައެއް ރައީސް ނަޝީދު އަރިހު ދަންނަވާފައިނުވާނެކަމަށްެވެސް ރައީސް ސޯލިހާ ހަވާލާދީ ސަންގުން ބުނެފައިވެއެވެެ.
https://twitter.com/sangu_tv/status/1525418134542266368?s=21
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް