ޔޫއޭއީގެ ރައީސް ކަމަށް ޝެއިހް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން އިންތިހާބު ކޮށްފި އެވެ.
ޝެއިގް މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ފާސް ކުރީ މިއަދު ބޭއްވި ޔޫއޭއީގެ ސުޕްރީމް ކައުންސިލުގެ ބައްދަލުވުމުގައި އެވެ. މި ކައުންސިލަކީ ޔޫއޭއީގެ ހުރިހާ ސިޓީތަކެއްގެ ވެރިން ހިމެނޭ ކައުންސިލެކެވެ.
އުމުރުން61 އަހަރުގެ ޝެއިހް މުހައްމަދަކީ އެ ގައުމުގެ ތިން ވަނަ ރައީސެވެ.2004 ވަނަ އަހަރުން ފެށިގެން އޭނާ ހުންނެވީ އަބޫދާބީގެ ވެރިއެއްގެ ގޮތުގައި އެވެ.
ސުޕްރީމް ކައުންސިލުން ބުނީ ރައީސް ކަމާއި ހަވާލުވެވަޑައިގެންނެވިޔަސް އަބޫދާބީގެ ވެރިއެއްގެ ގޮތުގައި ހުންނަވާނީ ޝެއިހް މުހައްމަދު ކަމަށެވެ. އޭނާ އަކީ އަބޫދާބީގެ17 ވަނަ ވެރިޔާ އެވެ.
ޝެއިހް މުހައްމަދު މަޝްހޫރުވެވަޑައިގެންފަ ވަނީ އެ ގައުމުގައި އަސްކަރީގޮތުން ވަރުގަދަ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި އެވެ. އެގޮތުން ބައިނަލްއަގުވާމީ މަޝްރަހުގައި ޔޫއޭއީގެ އަސްކަރިއްޔާ އަކީ ވަރުގަދަ ނުފޫޒުގަދަ ބަޔަކަށް ހަދާފައިވެ އެވެ.
ޔޫއޭއީގައި އާ ރައީސަކު އިންތިހާބު ކޮށްފައި މިވަނީ އެ ގައުމުގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އިއްޔެ އަވަހާރަ ވުމާއި ގުޅިގެންނެވެ. އުމުރުފުޅުން73 އަހަރުގައި އަވަހާރަވި ޝެއިހް ހަލީފާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް