ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޓުވިޓާ އެކައުންޓު ވެރިފައި ކޮށްދީފި އެވެ.
ޔާމީން ޓުވިޓާ އާއި ގުޅިވަޑައިގެންނެވީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. ފުރަތަމަ ފެއްޓެވީ ބިސްމިނުގެ ބަރަކާތުންނެވެ.
ޔާމީންގެ ޓުވިޓާ އެކައުންޓު ވެރިފައިވެފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ. މިހާރު އެމަނިކުފާނުގެ ފޮލޯވަރުންގެ އަދަދު އުޅެނީ ހަތްހާހުން މަތީ އެވެ.
https://twitter.com/prz_ymn
އާންމުކޮށް ސިޔާސީ މަޝްހޫރު ފަރާތަކާއި ބަލާފަ10 ދުވަސް ތެރޭގައި ޔާމީންގެ ފޮލޯކުރި މީހުންގެ އަދަދު މަދު ކަމަށް ބައެއް މީހުން ބުނެ އެވެ. އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވަމުން ދަނީ ޔާމީންގެ ޓުވީޓު ކުރައްވާގޮތުންނެވެ.
އެގޮތުން ޓުވިޓާގައި ދިވެހި ބަހުން ލިޔެވޭއިރު ލެޓިނުންވެސް ލިޔެ ނުލައި އެންމެ ޓުވީޓެއް ފިޔަވާ ހުރިހާ ޓުވީޓެއް އިނގިރޭސިން ކުރައްވާތީ ގިނަ ބަޔަކު ފާޑުކިޔަ އެވެ. އަދި އިނގިރޭސި ބަހުން ކޮށްފަ ހުންނަ ޓުވީޓުތަކުގެ އިނގިރޭސިކަން ގަދަކަމުން ކުރައްވާ ޓުވީޓުގެ މާނަ ޑިކްޝެނަރީން ބަލަން ޖެހޭ ވަރު ކަމަށް ބުނެ މީހުން ޖޯކު ޖަހަ އެވެ.
ރައީސް ޔާމީންގެ ޓުވިޓާ އެކައުންޓު ވެރިފައި ވުމުން ރާއްޖޭގެ ހުރިހާ ރައީސުންގެ ޓުވިޓާ އެކައުންޓު ވެރިފައިވީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް