ރައީސް ޞާލިހާއި ނަޝީދުވެސް ވޯޓު ލައްވައިފި

އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވޯޓު ލައްވައިފިއެވެ. މި އިންތިޚާބަކީ އެމްޑީޕީގެ ޗެއަރޕަރސަން އ...

14 May 2022 | 06:59

އެމްޑީޕީގެ ޗެއާޕާސަނަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ޞާލިހާއި، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވޯޓު ލައްވައިފިއެވެ.

މި އިންތިޚާބަކީ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ކުރުމާއި އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ލީޑަރުން ކަނޑައެޅުމަށް ބާއްވާ އިންތިޚާބެކެވެ.

ފޯރިގަދަ ކެމްޕޭނަކަށްފަހު މި އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހެނދުނު 9:00 ގައި ފަށާފައިވާއިރު  ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 04:00 އާއި ހަަމައަށެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައި ވާއިރު ވޯޓު ދިނުމުގެ ހައްޤު އެމްޑީޕީގެ ދަފްތަރުގައިވާ 94،000 އަށް ވުރެ ގިނަ މެންބަރުންނަށް ލިބިފައި ވެއެވެ.

މި އިންތިހާބުގެެ ފޯރި އެހާ ގަދަވެފައި މިވަނީ އިންތިހާބުގައި އެ ޕާޓީ ދެ ފެކްޝަނަކަށް ބައިވެފައި ވާތީއެވެ.

އެގޮތުން ޗެއަރޕާސަން އިންތިޚާބުގައި ރައިސް ނަޝީދުގެ ބަޔަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)  ހުންނެވި އިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނިކުންނެވީ ރައީސް ޞާލިހު އާއި އެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް