ވިލިމާލޭ ޑަބްލިއުޑިސީގެ ބައި އިލެކްޝަން ވޯޓުލުން ކުރިޔަށް ދަނީ

ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ. މިިއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އެކު ވޯޓު ނަގާ އަންހެނުންގެ ކޮމިޓީއެއްގ...

14 May 2022 | 06:34

ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށިގެން ކުރިޔަށް އެބަދެ އެވެ.

މިިއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އެކު ވޯޓު ނަގާ އަންހެނުންގެ ކޮމިޓީއެއްގެ އިންތިހާބުގެ ކެމްޕެއިން އެންމެ ފޯރިގަދަ ދާއިރާ އެވެ.

މިއަދުގެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނީ ހެނދުނު8:00 ން ހަވީރު4:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ދާއިރާގެ ވޯޓުލުމަށް ޖުމްލަ ހަ ފޮށްޓެއް ބަހައްޓާފައިވާ ކަމަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ2،900 އެވެ.

މި އިންތިހާބުުގައި ވާދަ ކުރަނީ ޕީޕީއެމްއިން ފާތިމަތު ނާޒިމާ އާއި އެމްއެންޕީން އާމިނަތު ޝީޒާއެވެ.

އެ ދާއިރާގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ނިޔާވުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް