އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވޯޓު ލައްވައިފިއެވެ.
މި އިންތިޚާބަކީ އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބު ކުރުމާއި އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ލީޑަރުން ކަނޑައެޅުމަށް ބާއްވާ އިންތިޚާބެކެވެ.
ފޯރިގަދަ ކެމްޕޭނަކަށްފަހު މި އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހެނދުނު 9:00 ގައި ފަށާފައިވާއިރު ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 04:00 އާއި ހަަމައަށެވެ.
މިއަދުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 272 ވޯޓް ފޮށި ބަހައްޓާފައި ވާއިރު ވޯޓު ދިނުމުގެ ހައްޤު އެމްޑީޕީގެ ދަފްތަރުގައިވާ 94،000 އަށް ވުރެ ގިނަ މެންބަރުންނަށް ލިބިފައި ވެއެވެ.
އެމްޑީޕީގެ ޗެއާޕާސްކަމުގެ އިންތިހާބާ ދިމާކޮށް އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެ ބައިވެ އަރާރުން އިތުރުވެފައެވެ.
އެމްޑީޕީ ދެ ބައިވެފައިވަނީ ރައީސް ނަޝީދުގެ ބަޔާއި ރައީސް ޞާލިހުގެ ބަޔަށެވެ.
އެގޮތުން ޗެއަރޕާސަން އިންތިޚާބުގައި ރައިސް ނަޝީދުގެ ބަޔަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުންނެވި އިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނިކުންނެވީ ރައީސް ޞާލިހު އާއި އެކުއެވެ.
މީގެ އިތުރުން މި އިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސްކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާ ވާދަކުރައްވަނީ ސަފާތު އަހްމަދެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް