ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި، މެޑަމް ފަޒްނާ އަޙްމަދު، "މަޖީދީ ރަން" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފި އެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސްގެ ރަސްމީގެކޮޅު މުލިއާގޭ ދޮރުމަތީގައި އެވެ.
މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'މަޖީދީ ރަން' ގެ ޓޯޗް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިންގކޮމިޓީގެ ރައީސް އިބްރާހީމް އިސްމާޢީލާއި ޙަވާލުކޮަށްދެއްވާފައެވެ.
މިރަސްމިއްޔާތުގައި މަޖީދިއްޔާ ސްލޫކްގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށް ވަނީ 'މަޖީދީ ރަން' ގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތު ދެއްވާ ‘މަޖީދީ ރަން’ އާ ގޫޅޭ ޚާއްޞަ ޓީޝާޓެއް ވެދުންކުރައްވާފައެވެ.
މި ދުވުމުގެ ޙަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތެކެވެ.
މިހަރަކާތުގައި95 ގަޑިއިރު ދުވާނެ އެވެ. މި ދުވުމުގައި ބައިވެރިވުމަށް މަޖިދިއްޔާގައި ކިޔެވި ހުރިހާ ދަރިވަރުން ބައިވެރިވުމަށް ދައުވަތު އަރުވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް