އެމްއެމްއޭގެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްކޮލާޝިޕް ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނީ ސްކޮލާޝިޕާ ގުޅޭ ހުރިހާ ހަރަދެއް ވެސް ކުރުމަށް ހަމަޖ...

14 May 2022 | 04:43

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސްކޮލާޝިޕް ޕްރޮގްރާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނީ ސްކޮލާޝިޕާ ގުޅޭ ހުރިހާ ހަރަދެއް ވެސް ކުރުމަށް ހަމަޖެހިފައިވަނީ އެ އޮތޯރިޓީން ކަމަށެވެ.

އެމްއެމްއޭ އިން ބުނީ މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ އިނގިރޭސިވިލާތުގައި އެކްޗޫރިއަލް ސައިންސްގެ ދާއިރާ އިން ޕޯސްޓް ގްރެޖްއޭޓް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ކަމަށެވެ.

އެއް އަހަރު ދުވަހުގެ މުއަދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ އިތުރުން ސްކޮލާޝިޕަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ ތައުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އަދި އިންޓަވިއު ކުރުމަށްފަހު މާކްސް ދީގެން ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

އެމްއެމްއޭގެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރަންޖެހޭ ފޯމް އެ އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް