ފޯރިގަދަ ކެމްޕޭނަކަށް ފަހު އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުން ފެންނަ ފެނުމަށް މޮޅުވާނެކަމަށް ލަފާކުރެއްވެނީ "ހިންގާލާ ފެކްޝަން" ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއްކަމަށްވާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދުގެ ޓްވީޓްގައި އިޝާރަތް ކުރައްވާފައި މިވަނީ މާދަމާ ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ފެކްޝަނުގެ ފަރާތުން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާ ވާދަކުރައްވާ ކުރި ހޯއްދަވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.
އެގޮތުން ޒައިދުގެ ޓްވީޓްގައި ވިދާޅުވީ ފެނުނު މަންޒަރުތަކާ، އިވުނު އަޑުތަކާއި، ކަންކަން ވަމުންދާ ގޮތަށް ބަލާއިރު، ކުޅިބަލަން ހުރި މީހެއްގެ ޙައިސިއްޔަތުން ލަފާކުރެވެނީ މިފަހަރު މޮޅުވާނީ "ހިންގާލާ ފެކްޝަން" ކަމަށެވެ.
ޒައިދު ވިދާޅުވީ އޭނާ ފާޅުކުރެއްވި ހިޔާލަކީ ކުޅިބަލާ މީހެއްގެ ޙައިސިއްޔަތުން ފާޅު ކުރެއްވި ހިޔާލެއްކަމަށާއި، އެކަމާއި އެއްވެސް ބޭފުޅަކު ރުޅި ނައުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 ފެށިގެން ހަވީރު 4:00 ޖެހުމާއި ހަމައަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާ ދިމާކޮށް އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ދެ ބައިވެ އަރާރުން އިތުރުވެފައެވެ.
އެމްޑީޕީ ދެ ބައިވެފައިވަނީ ރައީސް ނަޝީދުގެ ބަޔާއި ރައީސް ޞާލިހުގެ ބަޔަށެވެ. ރައިސް ނަޝީދުގެ ބަޔަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުންނެވި އިރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ނިކުންނެވީ ރައީސް ޞާލިހު އާއި އެކުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް