އަންނަ ހަފްތާގައި އެމްއެމްއޭ އާއި ބޭންކުތަކުން ތިން ދުވަހު ހިދުމަތް ދޭނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބޭންކުތަކާއި އެމްއެމްއޭގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ކަމަށެވެ. ބޭންކުތަކާއި އެމްއެމްއޭ ތިން ދުވަހު ހުޅުވައިގެން ހިދުމަތް ދިނަސް އެތަންތަނުން ވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮންލައިންކޮށް ހޯދެން ހުރި ހިދުމަތްތައް ބޭންކާއި އެމްއެމްއޭއަށް ނުގޮސް ހޯދުމަށް އިލްތިމާސް ކޮށްފަ އެެވެ.
އެމްއެމްއޭއިން ބުނީ މި ދުވަސްތަކުގައި އެތަނުން ފައިސާ ބަލައިގަނެ، ދޫކުރުމުގެ ހިދުމަތާއި ސިޓީ ބަލައިގަތުމުގެ ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް ކަމަށެވެ. މި ވަގުތުތަކުގައި ހިދުމަތް ދޭނީ މިހާރު ވެސް ދެމުން އަންނަ ގޮތަށް އެޕޮއިންޓްމަންޓަށް ކަމަށް އެ އިދާރާ އިން ބުންޏެވެ.
ބޭންކުތަކާއި އެމްއެމްއޭ ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެނެސްފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ.
މި ދުވަސްވަރު ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި އޮންލައިންކޮށް ހިދުމަތް ހޯދަން ވަނީ އިރުޝާދު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް