އަޒޫ ބަނޑުބޮޑުކަން އޭނާއަށް އެނގުނީވެސް ސައީދު ސަޕްރައިޒް ކޭކެއް ދިނުމުން ކަމަށް އަޒޫ ބުނެއެވެ.
މަޝްހޫރު ފިލްމީ ޖޯޑު އަހުމަދު ސައީދު އާއި ފާތިމަތު އާޒިފާ (އަޒޫ) ގެ ހަޔާތުގެ ވާހަކަތައް ކިޔައިދީ 'ޑްރާފްޓްސް' ގައި ސައީދު ބުނީ، އަޒޫ ބަނޑުބޮޑުވާން ފެށިކަން އަޒޫއަށް އޭރު ނުވެސް އެނގޭނެކަމަށެވެ. އެގޮތުން ސައީދު ބުނީ، ކައިވެނި ކޮށްގެން އުޅޭ ދެމަފިރިން ނަމަ ބޭސް ދިނުމުގެ ކުރިން އާއްމުކޮށް ޓެސްޓްތައް ހަދާ އުސޫލުން، އަޒޫއަށް ބޭސް ދިނުމުގެ ކުރިން ޓެސްޓް ހެދީ ކަމަށެވެ.
އަދި ޑޮކްޓަރަށް ދައްކައި އެ ރިޕޯޓް ސައީދު ނެގިއިރު އަޒޫ ބަނޑުބޮޑުކަން ސައީދުއަށް އެނގުމުން، އެކަން އަޒޫއަށް ހާމަކުރީ ސަޕްރައިޒް ކޭކަކުން ކަމަށް ބުނެއެވެ. އެގޮތުން ހުޅުމާލެއަށް ސަޔަކަށް ދިއުމަށްފަހު ކޭކު ގެނައެވެ. އަޒޫ އަށް އޭނާ ބަނޑުބޮޑުކަން އެނގުނީ އެހިސާބުން ކަމަށް އަޒޫ ބުނެއެވެ.
އަޒޫ ބުނީ އަލަތު ދަރިފުޅަށް ބަލިވެއިންނައިރު އަސްލު ސައީދުއަށް ސަޕްރައިޒް އަކަށް އެކަން ވާން ބޭނުންވި ކަމަށާއި، ނަމަވެސް އެކަން ވީ ހީކުރި ގޮތާ ދިމާ އިދިކޮޅަށް ކަމަށެވެ. އަދި އޭގެ ބަދަލުގައި ސަޕްރައިޒް ލިބުނީ އޭނާއަށް ކަމަށެވެ.
ދެމީހުންގެ ހަޔާތުގެ ގިނަ ވާހަކަތަކެއް ހިއްސާކުރި 'ޑްރާފްޓްސް' ގައި، އަަޒޫ އާއި ސައީދުގެ ހަޔާތާމެދު ވެސް ދެމަރިފިން ވާހަކަދެއްކިއެވެ. އެގޮތުން ކައިވެންޏަށް އާއިލާއިން މަރުޙަބާ ކިޔައި، އެމީހުން ގަބޫލުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ސައީދު ބުނެއެވެ.
ކައިވެނީގެ ކުދިންވެސް ދެމީހުން ދެ ރަހުމަތްތެރިންގެ ގޮތުގައި އުޅުނު ކަމަށާއި، ސައީދު އަކީ ހަޔާތުގެ ބައިވެރިޔާއަށްް އެންމެ އެކަށީގެންވާ މީހާކަން ޔަގީންވި ކަމަށް އަޒޫ ބުނެއެވެ.
އަޒޫ އާއި ސައީދުގެ ޒަވާޖީ ހަޔާތުގައި މިހާތަނަށް ބޮޑެތި މައްސަލަތަކެއް ނުޖެހި ކުރިއަށް ދާކަން ދެތަރިންވެސް ފާހަގަކޮށްފައިވެއެވެ. ކައިވެންޏެއްގައި ނަމަ ކުދިކުދި މައްސަލަ ޖެހޭނެ ބީދައިން، ޖެހޭ މައސަލަތައް ހައްލުކޮށް ދެތަރިންވެސް އުޅެމުން އަންނަނީ ވަރަށް އުވާވެރި ދިރިއުޅުމެއްކަމަށް ސައީދު އާއި އަޒޫ ފާހަގަކޮށްލިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް