މިދިޔަ މަހު ގެއްލުނު ދިވެއްސަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް

ގެއްލިގެން ހޯދަމުން އަންނަ ދިވެއްސަކު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިދިޔަ މަހުން ފެށީގެން ގެއްލިގެން ހޯދަމުން އަންނަނީ ހދ....

14 May 2021 | 13:23

ގެއްލިގެން ހޯދަމުން އަންނަ ދިވެއްސަކު ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިދިޔަ މަހުން ފެށީގެން ގެއްލިގެން ހޯދަމުން އަންނަނީ ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، އުމުރުން 25 އަހަރުގެ މިސްބާހް މުހައްމަދު ކަމަށެވެ.

"ހަށިގަނޑު ހިކި، ކަޅު ލޯ، އިސްތަށިގަނޑު ކަޅު" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިސްބާހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ 9631696 އަށް އެންގެމަށް އެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް