މޫސުމަށް ސަމާލުވޭ، މާލެއިން އުތުރު އޮރެންޖު އެލާޓުގައި

މާލެއިން އުތުރުގެ އަތޮޅުތަކަށް ނެރެފައިވާ އޮރެންޖު އެލާޓުގެ ވަގުތު އިތުރު ކޮށްފި އެވެ. މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ނެރެފައިވާ އޮރެންޖު އެލާޓުގެ މުއްދަތު މިރޭ 10:15 ...

14 May 2021 | 12:32

މާލެއިން އުތުރުގެ އަތޮޅުތަކަށް ނެރެފައިވާ އޮރެންޖު އެލާޓުގެ ވަގުތު އިތުރު ކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ނެރެފައިވާ އޮރެންޖު އެލާޓުގެ މުއްދަތު މިރޭ 10:15 އަށް އިތުރު ކޮށްފައިވާ ކަމަށެވެ. އޮރެންކު އެލާޓު ނެރެނީ ނުރައްކާވަރަށް މޫސުން ގޯސްވެ ފެންބޮޑުވުމާއި އުދައެރުމާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ލަފާކޮށެވެ.

މެޓް އޮފީހުން ބުނީ އިތުރުގެ އަތޮޅުތަކަށް މިހާރު އާންމުގޮތެއްގައި 34 މޭލާއި 40 މޭލާއި ދެމެދުގައި ވައިޖެހެމުންދާ ކަމަށެވެ. އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމަށެވެ.

އެ ސަރަހައްދުގެ ރަށްތަކަށް އުދަ އަރައި ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ބުންޏެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދަނީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ނުސީދާ އަސަރެވެ. އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ވައިގަދަވުމުގެ ސަބަބުން ރަށްރަށުގައި ފެންބޮޑުވެ، އުދަ އަރައިމ ގޭގޭގެ ފުރާޅު އެއްލާލުމާއި ގަސްތައް މުހުން ލުހުމުގެ ހާދިސާތައް އެކި ރަށްރަށުގައި ދަނީ ކުރިމަތިވަމުންނެވެ. މެޓް އޮފީހުން  މިދިޔަ ބުރާސްފަތި ދުވަހު ބުނީ މި ވިއްސާރަ ފަސް ދުވަހަށް ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް