ކޯވިޑްގައި 78 އަހަރުގެ ފިރިހެނަކު މަރުވެއްޖެ، މިއަދުގެ ހަތަރު ވަނަ މަރު

ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ މިއަދު މެންދުރު އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ފަރުވާދޭން ގެންދެވ...

14 May 2021 | 12:21

ކޯވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ މިއަދު މެންދުރު އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ފަރުވާދޭން ގެންދެވުނު މީހެއް ކަމަށް ބުނެ އެވެ.

އެޗްޕީއޭއިން ބުނީ އެމީހާ މަރުވީ މެންދުރު 12:48 ގައި ކަމަށެވެ.

އެއީ މި ބަލީގައި ރާއްޖެއިން މަރުވި 91 ވަނަ މީހާގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އަދި މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާ އެވެ.

މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ރޭ މެންދަމު 2:24 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެން މަރުވެފައިވަނީ ހެނދުނު 6:30 ގައި ހަމަ އެ ތަނުގައި ފަރުުވާ ދެމުން ދިޔަ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތިން ވަނައަށް މަރުވެފައިވަނީ ހެނދުނު 9:05 ގައި ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫ (ޑީއެޗް11) ގައި ފަރުވާ ދެމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 41،308 މީހުން ޕޮސިޓިވްވެފައިވެ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 27،428 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް