ލިބުނު މައުލޫމާތަކާއި ގުޅިގެން ވީއައިއޭގެ ސެކިއުރިޓި މަތި ކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ. އެމްއެންޑީއެފް މީޑިއާ އޮފިޝަލް، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ވީއައޭގެ ސެކިއުރިޓި ވަރުގަދަކޮށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެ...

14 May 2021 | 12:07

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.

އެމްއެންޑީއެފް މީޑިއާ އޮފިޝަލް، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ވީއައޭގެ ސެކިއުރިޓި ވަރުގަދަކޮށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. ސެކިއުރިޓި ލެވަލް މަތިކުރީ ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ވިދާޅުވި އެވެ.

ސެކިއުރިޓި މަތިކޮށްފައިވަނީ ރެއިން ފެށިގެންނެވެ. އެކަމަކު އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.

އެއާޕޯޓު ސެކިއުރިޓި ވަރުގަދަ ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ވެސް ސިފައިންނާއި ފުލުހުން ގެންދަނީ ޚާއްސަ އޮޕަރޭޝަނެއް ރާއްޖޭގައި ހިންގަމުންނެވެ. އެގޮތުން މުހިންމު އޮފީސްތަކާއި އިމާރާތްތަކުގެ ކައިރީގައި ހަތިޔާރާ އެކު ސިފައިން ފޯރި މަރަމުން ދާއިރު، ދައުލަތުގެ އިސް ބޭފުޅުންގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް، ތަހުގީގު ދަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް