އެލަވަންސް އާއި އެކު ހިލޭ ކިޔެވޭ ކޯސް ތަކެއް!

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ރެޒިލިއެންސް ވޯކްފޯސް ޕްރެޖެކްޓް އާއި އެމް އައި ޓީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަސް ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވ...

14 May 2021 | 11:37

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ރެޒިލިއެންސް ވޯކްފޯސް ޕްރެޖެކްޓް އާއި އެމް އައި ޓީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފަސް ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ކޯސް ތަކުގައި ކިޔަވާ ދަރިވަރުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ. އަދި ކިޔަވާ މުއްދަތުގައި ދެހާސް ރުފިޔާގެ އެލަވަންސެއް ވެސް ދަރިވަރުންނަށް ލިބޭނެއެވެ.

މިމަހުގެ 16 އާއި ހަމަޔައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާ 5 ކޯހަކީ

  1. ނޭޝަނަލް ސެޓްފިކެޓް-3 އިން ސްނޯކެލް ގައިޑިންގ
  2. ނޭޝަނަލް ސެޓްފިކެޓް-3 އިން ސާފް ގައިޑިންގް
  3. ނޭޝަނަލް ސެޓްފިކެޓް-3 އިން ބޯޓް އޮޕަރާޝަންސް
  4. ނޭޝަނަލް ސެޓްފިކެޓް-3 އިން ސްޕޯޓްސް ފިޝިން ގައިޑިންގް
  5. ނޭޝަނަލް ސެޓްފިކެޓް-3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގް

މި ފަސް ކޯހުގައި ކިޔަވައި ދޭނީ މިކަމަށް ޓިވެޓް އޮތޯރިޓީއިން ތައްޔާރު ކުރައްވާފައިވާ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑް އަށެވެ. އަދި މި ކޯސްތަކަކީ މޯލްޑިވް ކޮލިފިކޭޝްން އޮތޯރިޓީ "އެޕްރޫވްޑް" ކުރައްވާފއިވާ ފަސް ކޯހެކެވެ. މިކޯސް ތަކުގެ މުއްދަތަކީ ހަމަސް ދުވަހެވެ.

މި ކޯސް ތަކުގެ މައުލޫމާތު އެމްއައިޓީ ގެ ފޭސް ބުކް( https://web.facebook.com/mit.mv) އިން ލިބިލައްވާނެއެވެ.

އަދި ކޯހުގައި ބައިވެރިވެ ލެއްވުމައް ޝައުގު ވެރި ވެލައްވާނަމަ ތިރީގައި މިވާ ގޫގުލް ފޯމް ބޭނުން ކުރައްވައިގެން ނަން ނޯޓް ކުރެވިދާނެއެވެ.

https://docs.google.com/.../1FAIpQLScqMxnb1PM.../viewform...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް