ރ. ވާދުއަސް އުދަ އެރުން: ގޭގެއަށް އުދައިގެ އަސަރު ކުރާތީ ރައްޔިތުން ނުކުމެއްޖެ

ރ. ވާދޫ ހުޅަނގު ފަރާތަށް ވަރަށް ބޮޑަށް އުދަ އަރަމުން އެބަ ދެއެވެ. އެނގިފައިވާ ގޮތުގައި އުދައިގެ އަސަރު ބައެއް ގޭގެއަށް ވެސްކޮށްފައި ވެއެވެ. ވާދުއަށް އުދަ އަރަން ފެށީ މެންދުރު ފަހުއެވެ. އެ ރަށު ގޭގެއަށ...

14 May 2021 | 09:40

ރ. ވާދޫ ހުޅަނގު ފަރާތަށް ވަރަށް ބޮޑަށް އުދަ އަރަމުން އެބަ ދެއެވެ.

އެނގިފައިވާ ގޮތުގައި އުދައިގެ އަސަރު ބައެއް ގޭގެއަށް ވެސްކޮށްފައި ވެއެވެ. ވާދުއަށް އުދަ އަރަން ފެށީ މެންދުރު ފަހުއެވެ.

އެ ރަށު ގޭގެއަށް އުދައިގެ އަސަރު ކުރާތީ ރައްޔިތުން ނުކުމެ ގޭގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެހުމުގައި ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

https://twitter.com/VaadhooLive_/status/1393123673180016642

މިހާރު ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް ވެސް މޫސުން ގޯސްއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އޭގެ ފަހުން ތޫފާނަކަށްވެސް ބަދަލުވުމުގެ ފުރުސަތު އެބައޮތްކަމަށެވެ.

މެޓު އޮފީހުން ބުނެފައިވަނީ ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖޭގައި ވައިގަދަވެ ކަނޑުތައް ވަރަސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދު ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށިގެންވާކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އާންމުކޮށް ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް