ސުހާނާއަށްޓަކައި އާރްޔަން ޓީޝާޓު ބާލައިގެން ގޭތެރޭގައި އުޅުން މަނާ

ބޮލީވުޑްގެ ކިންގް ހާން، ޝާރުކް ހާން ގޭގައި އަދި ހާއްސަކޮށް ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާންއަށް ވަރަށް ފައްކާ ގަވައިދެއް ހަދާފައި އޮވެ އެވެ. ޝާރުކް ހާން އެ ގަވައިދަށް ކިޔަނީ މިންތީގެ ހަމަހަމަކަން ...

14 May 2021 | 09:37

ބޮލީވުޑްގެ ކިންގް ހާން، ޝާރުކް ހާން ގޭގައި އަދި ހާއްސަކޮށް ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ހާންއަށް ވަރަށް ފައްކާ ގަވައިދެއް ހަދާފައި އޮވެ އެވެ.

ޝާރުކް ހާން އެ ގަވައިދަށް ކިޔަނީ މިންތީގެ ހަމަހަމަކަން ގާއިމް ކުރުމެވެ. ޝާރުކް މި ގަވައިދުތައް ހަދާފައި ހުންނަނީ ދަރިފުޅު ސުހާނާއަށް ނިކަމެތި ކަމެއް ލިބިދާނެތީ އެވެ.

ޝާރުކް ހާން ނޫހަކަށް ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އަންހެންވެރިން ތިބޭތަނެއްގައި ނުވަތަ މަންމަ އާއި ކޮއްކޮ ސުހާނާ ކުރިމަތީގައި އަންހެނުންނަށް ނުކުރެވޭ ކަމެއް ނުކުރަން އާރްޔަންއަށް އަންގާފަވާނެ ކަމަށެވެ. ހާއްސަކޮށް އަންހެނުން ކުރިމަތީގައި ޓީޝާޓު ބޭލުން ނުވަތަ ހަމައެކަނި ސޯޓު ނުވަތަ ބޮކްސާ ލައިގެން އުޅުން އޮންނަނީ މަނާކޮށްފަ އެވެ.

ޝާރުކް ބުނީ ސުހާނާއަށް އާންމުންގެ ތެރޭގައި އާއި ގޭތެރޭގައި ހެދުން ބާލައިގެން ނޫޅެވޭ ނަމަ އެ އުސޫލު އާރްޔަންވެސް ހިނގާނެ ކަމަށެވެ. އެހެންވެ އޭނާއަށް އެގޮތަށް އެންގީ ކަމަށެވެ.

މަންމަ އާއި އަންހެން ކޮއްކޮ ހެދުން ނުލައި ހުންނަތަން ބަލަން އުނދަގޫނަމަ އެމީހުންނަށްވެސް އާރްޔަން ހެދުން ނުލައި ހުންނަތަން ބަލަން އުނދަގޫވާނެ ކަމަށް ޝާރުކް ބުނެފައިވެ އެވެ.

ޝާރުކް މިހެން ބުނެފައިވާއިރު ސުހާނާ އަކީ ރަހުމަތްތެރިންނާއި އެކު ޕާޓީތަކާއި ބޭރަށް މަޖާ ކުރަން ގޮސް އުޅޭއިރު އާދަޔާ ހިލާފު ކުރު އަދި ނިވާކަން ކުޑަ ހެދުން އަލާ ކުއްޖެކެވެ.

ޝާރުކް ހާން އާއި ޑިޒައިނާ ގޯރީ ހާން ކައިވެނިކޮށްފައިވަނީ 1991 ވަނަ އަހަރުގެ ޝާރުކްގެ ދެމަފިރިންގެ ސުނާހާ އާއި އާރްޔަންގެ އިތުރުން އުމުރުން ހަތް އަހަރުގެ އަބްރަމް ހާން ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް