ކޮޅިގަނޑު އިތުރަށް ބާރުގަދަވެއްޖެ، ތޫފާނަކަށް ބަދަލުވާނެކަމަށް ބެލެވޭއިރު މިސްރާބު ހުރީ ގުޖުރާތާ ދިމާލަށް

ރާއްޖެ ސަރަހައްދުގައި އަރަބިކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވާނެކަމުގައި ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޯރޮޖިކަލް ސެންޓަރު (އާރު...

14 May 2021 | 08:44

ރާއްޖެ ސަރަހައްދުގައި އަރަބިކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވާނެކަމުގައި ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޯރޮޖިކަލް ސެންޓަރު (އާރުއެސްއެމްސީ) އިން ބުނެފިއެވެ.

އެގޮތުން އެ ސެންޓަރުން ބުނެފައިވަނީ ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑު (ޑިޕްރެޝަން) ބާރުގަދަ ކޮޅިގަނޑަކަށް (ޑީޕް ޑިޕްރެޝަނަކަށް) އަދި އެއަށްފަހު ކުރިއަށް 12 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް (ސައިކްލޯނިކް ސްޓޯމް) އަކަށް ބަދަލުވާނެ ކަމަށެވެ.

މި ތޫފާނަށް ކިޔާނެ ނަމަކީ ތޫފާން ތޯކްޓޭ ނުވަތަ ތޯއްޓޭއެވެ. މިއީ މިޔަންމާއިން ދީފައިވާ ނަމެކެވެ. ނަމުގެ މާނައަކީ ހޯނެވެ.

އާރްއެސްއެމްސީން ބުނެފައިވާގޮތުގައި މިހާރު ލަކްޝަދްވީޕް މަތީގައި އޮތް މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާއިރު އިންޑިއާއާ ގާތްކުރާނެއެވެ. އަދި އެއަށްފަހު ތޫފާނުގެ ބާރު އެންމެ ގަދަވާނީ އިންޑިއާގެ ގުޖުރާތުގެ އައްސޭރިއާ ދިމާލަށް ދަތުރުކުރާ ފަހުން ކަމަށްވެސް އަންދާޒާކޮށްފައިވެއެވެ.

މި ކޮޅިގަނޑުގައި ރާއްޖެއަށް މިހާރުވެސް އަންނަނީ ވިއްސާރަކުރަމުންނެވެ. ކަނޑުތައް ވަނީ ގަދަވެފައެވެ. ހިތާމަވެރި ބައެއް ހާދިސާތައް އަންނަނީ ހިނގަމުންނެވެ.

މިހާރުވެސް ރާއްޖޭގެ މެޓް އޮފީހުން ވަނީ ރީނދޫ ސަމާލަކާއި ހުދު ސަމާލެއް ނެރެފައެވެ.

ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދމެދުގެ ރަށްތަކަށެވެ. ހުދު ސަމާލު ނެރެފައިވަނީ މ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް