ކެނދިކުޅުދޫ އާއި ތ. ގުރައިދޫއަށް އަރައި ފޭބުން މަނާކޮށްފި

ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކެނދިކުޅުދޫ އާއި ގުރައިދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވ...

14 May 2021 | 08:35

ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ކެނދިކުޅުދޫ އާއި ގުރައިދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ދެރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމެންދެންނެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ދެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ކެނދިކުޅުދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެ ރަށުގައި މަސްވެރިކަން ކުރާ ދޯންޏެއްގެ ދެ ފަޅުވެރިއަކު ކޯވިޑަށް ޕޮސިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދިއިރު ޓެސްޓު ކުރި އިތުރު ތިން މީހަކު ޕޮސިޓިވްވުމުންނެވެ. ގުރައިދޫ މޮނިޓަރިންއަށްލީ ސަބަބު އަދި ސާފުވާގޮތެއް ނުވެ އެވެ.

އެޗްޕީއޭއިން ބުނީ ދެ ރަށުގެ ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ރެންޑަމް ސާމްޕަލް ނަގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިއަދު އަދި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި ދެ ރަށް އެކަންޏެވެ. އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ދ. ބަނޑިދޫ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް