ކޮވިޝީލްޑް ޖެހި މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދެނީ

ކޮވިޝީލްޑް ޖެހި މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ނިންމައިފިއެވެ. މާލެ ސަރަހައްދުގައި ކޯވިޝީލްޑް ވެކްސިން ޖެހުން ވަނީ ހުއްޓާލާފައެވެ. އެޗްޕީއޭއިން ބުނީ ހަމަ އެއް ފޯމ...

14 May 2021 | 07:16

ކޮވިޝީލްޑް ޖެހި މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައި އެސްޓްރަޒެނެކާ ވެކްސިން ޖަހައިދޭން ނިންމައިފިއެވެ.

މާލެ ސަރަހައްދުގައި ކޯވިޝީލްޑް ވެކްސިން ޖެހުން ވަނީ ހުއްޓާލާފައެވެ. އެޗްޕީއޭއިން ބުނީ ހަމަ އެއް ފޯމިއުލާއެއްގެ އޮކްސްފޯޑް އެސްޓްރަޒެނެކާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށާއި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް އެ ވެކްސިން ބޭނުންކުރެވޭނެ ކަމަށެވެ.

ކޮވިޝިލްޑްއަކީ ވެސް އޮކްސްފޯޑް އާއި އިންޑިޔާގެ ކުންފުންޏެއް ގުޅިގެން އުފެއްދި ވެކްސިނެކެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ބުދަ ދުވަހު ޖުމްލަ 385 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 289 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ވެކްސިންގެ

ފުރަތަމަ ޑޯޒް ޖެހި 96 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ މި އަދަދު ވަނީ 302،482ށް އަރާފައެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ބަލާއިރު ބުދަ ދުވަހު 1،188 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ އަތޮޅުތެރޭގެ ރަށްރަށުން ދެވަނަ ޑޯޒް ޖެހި 840 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 348 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 140،078ށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް