ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 140،000ށް އަރައިފި

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 140،000ން މައްޗަށް އަރައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ބުދަ ދުވަހު ޖުމްލަ 385 މީހު...

14 May 2021 | 07:04

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 140،000ން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ބުދަ ދުވަހު ޖުމްލަ 385 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 289 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި 96 މީހުންނެވެ. މިއާއެކު ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ މި އަދަދު ވަނީ 302،482ށް އަރާފައެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ބަލާއިރު ބުދަ ދުވަހު 1،188 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއީ އަތޮޅުތެރޭގެ ރަށްރަށުން ދެވަނަ ޑޯޒް ޖެހި 840 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 348 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 140،078ށް އަރާފައެވެ.

މާލެ ސަރަހައްދުގައި ކޯވިޝީލްޑް ވެކްސިން ޖެހުން ވަނީ ހުއްޓާލާފައެވެ. އެޗްޕީއޭއިން ބުނީ ހަމަ އެއް ފޯމިއުލާއެއްގެ އެސްޓްރަޒެނެކާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށާއި ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް އެ ވެކްސިން ބޭނުންކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް