ކޯވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ، މިއީ މިއަދު ނިޔާވި 3 ވަނަ މީހާ

ޑީއެޗް-11 ގައި ކޯވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޑީއެޗް-11ގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެ...

14 May 2021 | 06:18

ޑީއެޗް-11 ގައި ކޯވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޑީއެޗް-11ގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 9:05 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި 90 ވަނަ މީހާއެވެ. އަދި މިއަދު ނިޔާވ ި3 ވަނަ މީހާއެވެ.

މިއަދު ،މި ބަލީގައި 3 ވަނަ މީހަކު ނިޔާވެފައިވާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ ދެމީހަކު ވެސް ވަނީ ނިޔާވެފައެވެ.

ނިޔާވި ދެމީހުންގެ ތެރެއިން، އެންމެ ފުރަތަމަ ނިޔާވެފައި ވަނީ، އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުކުރުވިލޭރޭ މެންދަމު 02:46 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖޭން ކޮވިޑް ޖެހިގެން ނިޔާވި 88 ވަނަ މީހާއެވެ.

ބަލީގައި ހުކުރު ދުވަހު ދެވަނަ އަށް ނިޔާވެފައި ވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުކުރު ދުވަހު ހެނދުނު 06:30 ހާއިރު އެވެ. މިއީ ރާއްޖޭން ކޯވިޑް ބަލީގައި ނިޔާވި 89 ވަނަ މީހާއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ބަލި ފެތުރި، ޚާއްސަކޮށް މާލޭގައި ބަލިމަޑުކަމުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް