ކޮވިޑުގައި މިއަދު ދެ ދިވެއްސަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއަދު ނިޔާވެފައިވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ދެމީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ދެމީހުން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި ދެ މަރާއެކު ކޮވިޑުގައި ރާއްޖެއިން ދުނިޔެ ދޫކުރި މީހުންގެ އަދަދު މިވަނީ 89 އަށް އަރާފައެވެ.
https://twitter.com/HPA_MV/status/1393056347445338115
https://twitter.com/HPA_MV/status/1393056559790399492
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް