ދުވަސްގެ ލާމު އެޑިޝަން "ލާމު ލައިވް" އިން ލާމު އަތޮޅުގެ ޚަބަރުތައް އެންމެ ތަޒާޒާކަމާއެކު ގެނެސްދޭނެ!

ލާމު ލައިވް ގެ ނަމުގައި ދުވަސް ނޫހުގެ ލާމު އެޑިޝަން މިހާރު ވަނީ ލޯންޗުކޮށްފައެވެ. މިދިޔަ ހަފްތާގައި ލޯންޗުކުރި މި ވެބްސައިޓަކީ ލާމު އަތޮޅުގެ ޚަބަރާއި މަޢުލޫމާތަށް ހާއްސަ ވެބްސައިޓެކެވެ. މި ވެބްސައިޓް ...

14 May 2021 | 03:35

ލާމު ލައިވް ގެ ނަމުގައި ދުވަސް ނޫހުގެ ލާމު އެޑިޝަން މިހާރު ވަނީ ލޯންޗުކޮށްފައެވެ.

މިދިޔަ ހަފްތާގައި ލޯންޗުކުރި މި ވެބްސައިޓަކީ ލާމު އަތޮޅުގެ ޚަބަރާއި މަޢުލޫމާތަށް ހާއްސަ ވެބްސައިޓެކެވެ. މި ވެބްސައިޓް މެދުވެރިކޮށް ލާމުގެ ޚަބަރުތައް އެންމެ ތާޒާކަންމަތީ އެންމެ އަވަހަށް ކިޔުންތެރިންނަށް ހިއްސާކުރަމުންދާނެއެވެ.

މި ނޫސް ހިންގަނީ ދުވަސްގެ ޓީމުންނެވެ. ދުވަސްގެ ބެލުމުގެ ދަށުން ހިންގާ މި ނޫހުގެ ލާމު އެޑިޝަންގައި ލާމު އަތޮޅުގެ ގުދުރަތީ ހިތްގައިމަކާއި، އަތޮޅުގެ ތާރީޚާއި ސަގާވަތް އަދި މީހުންނާ ގުޅޭ ޝައުގުވެރި އެތައް މަޢުލޫމާތެއް ހިއްސާކުރެވޭނެ ކަމަށް ދުވަސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ލާމު އެޑިޝަންގެ އިތުރުން ދުވަސްގެ އިނގިރޭސި އެޑިޝަންއެއް ވެސް ވަނީ މީގެ ކުރިން ލޯންޗުކޮށްފައެވެ.

މި އެޑިޝަންއަކީ އިނގިރޭސި ބަހުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކަބަރުތައް ގެނެސްދިނުމަށް ހާއްސަ މަންސައެކެވެ.

ދުވަސް ނޫހަކީ ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ފޮލޯކުރާ ރާއްޖޭގައި މަގުބޫލު އެއް އޮންލައިން ނޫހެވެ. މި ނޫހަށް މިހާރު ވަނީ 7 އަހަރު ފުރިފައެވެ،

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް