މިއަދުވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު، މެދުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި އެލާޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ. ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ހެނދުނު 07:30 އާއި ހެނދުނު 11:30 އާއި ދެމެދުގެ ވަގުތަށެވެ.
ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި އެލާޓުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގަޑިއަކު 19 މޭލާއި 24 މޭލައިދެމެދުގެ ބާރުމިނުގައި ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މި ސަމާލު ނެރެފައިވަނީ ހެނދުނު 07:30 އިން މެންދުރު 12:30 އާއި ދެމެދުގެ ވަގުތަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މި އަންނަ ވިއްސާރައަކީ އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރުކަމުގައި މެޓް އޮފީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް