އައްޑޫ ސިޓީގައި އަނެއްކާވެސް ބޮޑުދިދަ ނަގައިފި

އައްޑޫ ސިޓީ ސްކޮޔާ ސަރައްހައްދު ތަރައްގީކޮށް އެ ތަނުގައި މިއަދު ދިދަ ނަގައިފިއެވެ. ދިދަ ނަންގަވައި ދެއްވީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ހިތަދޫ ސްޓޭޓު ހައުސް ކުރިމަތީ ދިދަ ދަނޑި ޖެހުމަށް ...

14 May 2021 | 03:18

އައްޑޫ ސިޓީ ސްކޮޔާ ސަރައްހައްދު ތަރައްގީކޮށް އެ ތަނުގައި މިއަދު ދިދަ ނަގައިފިއެވެ. ދިދަ ނަންގަވައި ދެއްވީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ހިތަދޫ ސްޓޭޓު ހައުސް ކުރިމަތީ ދިދަ ދަނޑި ޖެހުމަށް މި ސަރުކާރުންވީ ވައުދު ފުއްދުމަށް ހަވާލުކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލާއިއެވެ.

https://twitter.com/AdduCityCouncil/status/1392866107296337925?

މީގެ ކުރިން ވެސް އެތަނުގައި ވަނީ ދިދަ ނަގައިފައެވެ. އެކަމަކު 2011 ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވި ޖުމްހުރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނެގި ފަހުން އެއްފަހަރު ދިދަ ބަދަލު ކުރުމަށް ފަހު ދިދަ ދަނޑީގެ ބޭނުމެއް ކޮށްފައި ނުވެއެވެ. ސްރީލަންކާގެ ޑިވެލޮޕް އިންޓަ ޕްލޭން އިން ސަޕްލައި ކުރި 78.6 ފޫޓްގެ ދިދަ މިދިދަ ދަނޑި ގެނައުމާއި ޖެހުމަށް 1،183،099.50 ރުފިޔާ (އެއްމިލިއަން އެއްލައްކަ އަށްޑިހަ ތިން ހާސް ނުނަދިހަ ނުވަ ރުފިޔާ ފަންސާސް ލާރި) ޚަރަދުކުރިއެވެ.

އައްޑޫ ސިޓީ ސްޓޭޓް ސްކޮޔާ ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހަވާލު ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިތަދޫ ޕޯޓާއެވެ. އެއީ ހިތަދޫ ޕޯޓް އާއި ސްޓޭޓް ސްކުއާ ބަލަހައްޓަން ހަވާލު ކުރީ ބަނދަރުގައި ބޮޑު ކެރޭނެއް އޮވެފައި އެތަނުގެ ބެލުމުގެ ދަށުގައި އޮތުމުން ދިދަ ބަދަލު ކުރުމާއި ކަން ކަން ފަސޭހަ ވާނެތީ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ދިދަ އެރުވުން އެމްއެންޑީއެފް އާއި ހަވާލު ކުރި އިރު ދިދަ ގެންނަން ހަވާލު ކުރީ ހިތަދޫ ޕޯޓް އާ އެވެ.

ސްޓޭޓް ސްކޮޔާގައި ޖަހާފައިވާ ބޮޑު ދިދަ ދަނޑި ހުހަށް ހުއްޓާ ނަގާފައިވަނީ ރައީސް ޔާމީން ސަރުކާރުގައި އޭރުގެ އެމްއާރުޑީސީ މުވައްޒަފުން މެދުވެރިކޮށް ހައުސިން މިނިސްޓްރީންނެވެ. އަދި ދިދަ ދަނޑި ނެގީ އެ ދަނޑި ބޮލަށް ވެއްޓިދާނެކަމަށް ބުނެއެވެ.

އައްޑޫ ސިޓީގެ އިތުރުން މާލޭ ސީޓީގެ ޖުމްހޫރީ މައިދާނުގައި ވެސް ދިވެހި ބޮޑު ދިދައެއް ހުރެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް