ރާއްޖޭގައި ކޮވިޑު ހާލަތު ބޮއްސުން ލީމާ އިލާހަށް ދުއާ ދުއާ ކޮށްދޭންވެސް މި ގައުމުން ނާންގާކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"ބައެއް ގައުމުތަކުގައި ކޮވިޑު ކަންތައް ބޮއްސުންލައިގެން ދާން ހެދީމަ އެތަންތަނުގެ ވެރިން، މުސްލިމުންނަށް އަންގާ ތިޔަބައިމީހުންގެ އިލާހަށް ދުއާކޮށްދޭށޭ" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
އިޔާޒް ވިދާޅުވެފައިވަނީ އެކަމަކު ރާއްޖޭގައި އެޗްޕީއޭއިން އަންގަނީ އެމީހުން އަންގާ ގޮތަކަށް ކަން ކުރުމަށް ކަމަށާއި މިސްކިތަކީ ކޮވިޑު މަރުކަޒުގެ ގޮތުގައި އެޗްޕީއޭއިން ގަބޫލުކުރާކަމަށްވެސް އިޔާޒް ވިދާޅުވެފައިވެއެވެ.
https://twitter.com/dr_iyaz/status/1393002590170873856
ޑރ. އިޔާޒް އިތުރަށް ވިދާޅުވެފައިވަނީ ބަލި ފެތުރޭނެ ވަރަކަށް ފެތުރެން ދޫކޮށްލާފައި ދެން ފުރަބަންދު ކުރީމަ އިތުރު ވައްތަރެއްގެ ކޮވިޑުތަކެއް އުފަންވާކަމަށެވެ. މިހާރު މާލޭގައި ބަލި މީހަކާ ކޮންޓެކްޓް ނުވާ އެކަކވެސް ނެތޭ ބުންޏަސް ރަނގަޅުވާނެ ކަމަށެވެ. އަދި ދެން ފުރަބަންދުކޮށްގެން ކަމެއް ހައްލުވާނެތޯ ޑރ. އިޔާޒް ސުވާލު އުފައްދާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް