ގެމަނަފުށިން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް

ކޮވިޑު ކޭހެއް ފެނި، އަރާ ފޭބުން މަނާކޮށްފައިވާ ގއ. ގެމަނަފުށިން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އިއްޔެގެ ވަގުތެއްގައި އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ އެ ރަށުން ނެގި ރޭންޑ...

14 May 2021 | 00:55

ކޮވިޑު ކޭހެއް ފެނި، އަރާ ފޭބުން މަނާކޮށްފައިވާ ގއ. ގެމަނަފުށިން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވަނީ އެ ރަށުން ނެގި ރޭންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. އެއަށްފަހު ކޮންޓެކްޓް ޓްރޭސިން ކުރިއަށްގެންގޮސްފައިވާކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.

ގެމަނަފުށީގައި އެކްޓިވް ކޭސްގެ އަދަދު ހަތަރަކަށް އަރާފައިވަނީ ރޭގައި ނެގި 11 ސާމްޕަލެއްގެ ތެރެއިން އިތުރު ތިން މީހަކު ޕޮޒިޓިވް ވުމުން ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.

ގެމަނަފުށި މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާއިރު އެ ހާލަތުގައި ރާއްޖޭގެ 46 ރަށެއް އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް