ދ. ބަނޑިދޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
އެގޮތުން އެ ރަށު ކައުންސިލުން ބުނެފައިވަނީ ކޮވިޑަށް އިތުރު ފަރާތްތަކެއް ޕޮޒިޓިވް ވެ އިއްޔެގެ 11:30 އިން ފެށިގެން އެރަށް ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައިކަމަށެވެ.
"މި ހާލަތުގައި ބަނޑިދުއަށް ލަފާ ފުރުން މަނާވާނެ، އަދި ސްކޫލް ނޯމަލް ކްލާސްތައް ކުރިއަށް ނުގެންދާނެ" ކައުންސިލުން ބުނެފައިވެއެވެ.
އެ ރަށު ކައުންސިލުން އިތުރަށް ބުނެފައިވަނީ އެހެން ނަމަވެސް މިއަދު ހަދަން ހަމަޖެހިފައިވާ އޯލެވެލް އިމްތިހާނު ކުރިއަށްދާނެކަމަށެވެ.
ކޮވިޑު ކޭސްތަކެއް ފެނި ބަނޑިދުއަށް އަރާފޭބުން މަނާކޮށްފައިވާއިރު ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގެ 46 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބަ އޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް