ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން ހުޅުމާލޭގައި ކުނި އުކައިދޭން ފަށައި، ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ބުނީ ހިދުމަތް ބޭނުންވާ ފަރާތްތަކުން ރެޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 17 ގެ ނިޔަލަށް އެޗްޑީސީ އާއި ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުގައި ކުރިޔަށް ދާނެ ކަމަށެވެ. އަދި ބޭނުންވާ ފަރާތްތަކަށް ވެމްކޯއަށް ފޯމް ހުށަހަޅައިގެން ރެޖިސްޓްރީ ކުރެވިދާނެ ކަމަށެވެ.
އެ ކުންފުނިން ހުޅުމާލޭގައި ކުނި އުކައި ދެނީ 150 ރުފިޔާ އަށެވެ. މާލެ އެކޭ އެއްގޮތަށް ގޭގެއާއި އޮފިސްތަކާއި ކުންފުނިތަކަށްވެސް ހިދުމަތަށް އެދެވޭނެ އެވެ.
ވެމްކޯއިން ވަނީ އައްޑޫ ސިޓީގައިވެސް ކުނި އުކައި ދިނުމުގެ ހިދުމަތް ދޭން ފަށާފައި އެވެ. އެ ކުންފުނީގެ އަމާޒަކީ ޖޫންގެ ނިޔަލަށް މާލޭގެ ހުރިހާ ސަރަހައްދެއްގައި ކުނި އުކައި ދިނުމުގެ ހިދުމަތް ދޭން ފެށުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް