ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ޝިފާގު މުފީދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވަނީ މީޑިއާގައި އެކަން ކަށަވަރުކޮށްދެއްވާފައި އެވެ.
ޝިފާގު އެޗްއާރުސީއެމްގެ މެންބަރު ކަމުން އިސްތިއުފާދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
އެކަމަކު އިސްތިއުފާދެއްވުމުގެ ކުރިން ވަނީ ކޮމިޝަނުގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހިގެން ޝިފާގު ވާހަކަދައްކަވާފައިވެ އެވެ.
ޝިފާގަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މަޖިލީސް މެންބަރެވެ. އޭނާ އެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް