ދުނިޔޭގެ އެންމެ ރީތި ވެރިން ހޮވާ ވެބްސައިޓް، ހޮޓަސްޓް ހެޑްސް އޮފް ސްޓޭޓްސްގެ ލިސްޓްގައި ނިމިދިޔަ 2016 ވަނަ އަހަރު 99ގައި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހިމެނިފައިވާއިރު މި އަހަރުގެ އެ ލިސްޓް ހާމަކޮށްފައިވާއިރު ލިސްޓްގެ 118 ވަނައިގާ ރައީސް ޔާމީން ހިމެނިވަޑައިގެންފި އެވެ.
މި އަހަރުގެ ލިސްޓްގެ އެއްވަނައިގައި އޮތީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޭޑޯ އެވެ. ލިސްޓްގެ ދެވަނައިގައި ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރ ނަމްގައިލް ވަންޗަކެވެ. މިދިޔަ އަހަރު އެއްވަނަ ދީފައިވަނީ ވަންޗަކަށެވެ. ޓްރޭޑޯ އަށް މިދިޔަ އަހަރު ދީފައިވަނީ ދެވަނަ އެވެ. ތިނަވަނަގައި ލިސްޓްކޮށްފައިވަނީ މެކްސިކޯގެ ރައީސް އެންރިކޭ ޕިނޭ ނިއޭޓޯއެވެ. މިދިޔަ އަހަރުވެސް ޕިނޭ ނިއޭޓޯއަށް ލިބިފައިވަނީ ތިންވަނަ އެވެ.
ދުނިޔޭގެ އެންމެ ރީތި ހެޑް އޮފް ސްޓޭޓްގެ ލިސްޓުން އެމެރިކާގެ ރައީސް ޓްރަމްޕަށް ލިބިފައިވަނީ 139 ވަނަ އެވެ. މިދިޔަ އަހަރު އޮބާމާއަށް ލިސްޓްގެ ނުވަ ވަނަ ލިބިފައި ވެ އެވެ. އިނގިރޭސި ރާނީ އޮތީ 96 ވަނައިގައެވެ. މި ލިސްޓްގެ 23 ވަނައިގައި އޮތީ ރަޝިއާގެ ރައީސް ވްލަޑްމިއަރ ޕުޓިންއެވެ.
ލިސްޓްގެ އެންމެ ފުލުން ޖާގަ ލިބުނީ އުތުރު ކޮރެއާގެ ސްޕްރީމް ލީޑަރު ކިމް ޖޮން އުންއަށެވެ. ލިސްޓްގެ އެންމެ ފުލުން 2 ވަނައަށް ހިމަނާފައިވަނީ ޒިމްބާބުވޭގެ ރައީސް ރޮބޯޓް މުގާބޭ އެވެ.
2010 ވަނަ އަހަރު މި ލިސްޓްގެ ގަދަ 10ގައި ރައީސް ނަޝީދު ހިމެނިވަޑައިގެންނެވި އެވެ. އެ އަހަރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ ހިމެނިވަޑައިގަތީ ރައީސް ނަޝީދަށްވުރެ ތިން ދަރަޖަ ފަހަތުން 13 ވަނައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް