ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިއަދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް އެއާޕޯޓުގައި ހުންނަވަނިކޮށް އޭނާގެ ޕާސްޕޯޓު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
ފާރިސް ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާއަށް ރާއްޖެއިން ބޭރަށް ނުފުރޭނެކަން އަންގާ ޕާސްޕޯޓު ހިފެހެއްޓީ އިމިގްރޭޝަން އޮފިސަރާއި ހިސާބުން ކަމަށެވެ. ޕާސްޕޯޓު ހިފެހެއްޓީ ކްރިމިނަލް ކޯޓުގެ އަމުރަކާއި ގުޅިގެން ކަމަށް އިމިގްރޭޝަން އޮފިސަރު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ފާރިޝް ވިދާޅުވީ އޭނާގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ހިފަހައްޓާފައި އޮތީ މިދިޔަ މަހުގެ 28 ގެ ނިޔަލަށް ކަމަށެވެ. އެއީ ފުލުހުން ބަލަމުންދިޔަ ތަފާތު މައްސަލަތަކާއި ގުޅިގެން ކަމަށް އަންގާފައިވާ ކަމަށެވެ.
އެކަމަކު އޭގެ ފަހުން ނުފުރޭނެ ކަމަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަންގާފައި ނުވާ ކަމަށެވެ. އެހެންވެ ފާރިޗް ވަނީ މިހާރު އެއްވެސް މައްސަލައެއް ބަލަމުންދާ ނަމަ އެ މައްސަލައެއް ނިންމައިދީ ފިޔަވަޅު އަޅަން ޖެހޭނަމަ އަޅާ ނިންމުމަށް އެދިވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް