ގަމުގެ ގެއެއްގެ ތެރޭގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި

ލ. ގަމުގެ މަތިމަރަދޫ އައްސޭރިގޭ ގޯތިތެރޭގައި ހުރި ތިން ސައިކަލުގައި ރޯކޮށްލައިފި އެވެ. ދުވަހަށް މައުލޫމާތުދެމުން އެގޭގެ ވެރިމީހާ އަހުމަދު އިމާދު ބުނީ ރޭ ދަންވަރު 3:10 ހާއިރު ހޭލެވުނީ ބާރު އަޑުތަކެއް ގ...

14 May 2017 | 05:34

ލ. ގަމުގެ މަތިމަރަދޫ އައްސޭރިގޭ ގޯތިތެރޭގައި ހުރި ތިން ސައިކަލުގައި ރޯކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތުދެމުން އެގޭގެ ވެރިމީހާ އަހުމަދު އިމާދު ބުނީ ރޭ ދަންވަރު 3:10 ހާއިރު ހޭލެވުނީ ބާރު އަޑުތަކެއް ގޮވަން ފެށުމުން ކަމަށާއި އެންމެން ގެއިން ނިކުމެ ބެލި އިރު ސައިކަލުތަކުގެ ރޯވެ އަނދަމުންދާ ކަމަށެވެ. އޭނާ ބުނީ ސައިކަލުތަކުގައި ރޯކޮށްލުމުން ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށެވެ.

އިމާދު ބުނީ ސައިކަލުތަކުގައި ރޯކޮށްލުމުން ލިބުނު ގެއްލުން އަދި ބުނެދޭން ނޭނގޭ ކަމަށެވެ. އެ ސައިކަލްތަކުގެ ތެރެއިން ދެ ސަކައިލަކީ އަދި ގަތްފަހުން ދެ އަހަރު ނުވާ ސައިކަލްތަކެއް ކަމަށް އޭނާ ބުންޏެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ކުރީ ރޭ މެންދަމު 3:15 ހާއިރު ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ  އޭނާ ވިދާޅުވި އެވެ.

އިމާދު ވިދާޅުވީ ފުލުހުން އައިސް ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު ދިޔައީ އެ ގޭގެ ބޭރުގައި ހުރި ޕަލްސާ ސައިކަލެއް ހިފައިގެން ކަމަށެވެ. މިކަމާ ގުޅޭގޮތުން ފުލުހުން އެއްޗެއް ނުބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް