ބޮލީވުޑްގެ ތަރި އަރްޖުން ރާމްޕަލް މިދިޔަ ބުދަ ދުވަހު މުމްބާއީގައި އޮތް ޖަސްޓިން ބީބާގެ ކޮންސެޓް ބަލަން ގޮސް ހުރި އިރު ފޮޓޯ ގްރަފަރަކާއި ދެމެދު ހަމަނުޖެހުން ހިންގި ކަމަށް ބުނާ ވާހަކަ އޭނާ ދޮގުކޮށްފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފޮޓޯ ގްރާފަރަކު ވަނީ އަރްޖުންގެ ދެ އަންހެން ދަރިން ކަމަށްވާ މަހިކާ އަދި މީރާ އާއި މާ ގާތްވާ މަސައްކަތް ކޮށްފައި އެވެ. އެކަމާ ރުޅިއައިސްގެން އަރްޖުން އެމީހާ ކޮށްޕާލައި ހިތްހަމަނުޖެހުން ފާޅު ކުރި ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން އަރްޖުން ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ތޮއްޖެހިފައިވާ މީހުންތަކުގެ ތެރެއިން އެ ފޮޓޯ ގްރާފަރު މަސައްކަތް ކޮށްދިނީ އޭނާ އާއި އާއިލާއަށް ނިކުމެވޭނެ ތަންކޮޅެއް ހަދައި ދިނުމަށް ކަމަށެވެ. އަރްޖުން ވަނީ މީޑިއާއިން ތެދު ހަބަރު ފެތުރުމަށް އެދިފައި އެވެ.
އަރްޖުން ބުނެފައިވަނީ ދެ ކުދިންނާއި އެކު ވަރަށް ފަސޭހަ ކަމާއި އެކު ޖަސްޓިން ބީބާގެ ކޮންސެޓް ބަލާލެވުނު ކަމަށެވެ.
އަރްޖުންގެ އާއިލާގެ އިތުރުން ގިނަ ބޮލީވުޑް ތަރިންތަކެއް ވަނީ އެރޭގެ ކޮންސެޓް ބަލަން ގޮސްފައި އެވެ. އޭގެ ތެރޭގައި އާލިއާ ބަޓް، މަލައިކާ އަރޯރާ، އަނޫ މަލިކް ފަދަ ތަރިން ޖަސްޓިން ބީބާގެ ކޮންސެޓް ބަލަން ދިޔަ އިރު އެއްވެސް ޝަކުވާއެއް ނުކުރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް