ޖަމްޢިއްޔަތުލް ފަލާހްގެ ބާނީ އަލްމަރުހޫމު އަބޫބަކުރު އިބްރާހިމްގެ ގެ ހަނދާނުގައި އެ ޖަމްއިއްޔާއިން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 17 ވަނަ މުބާރާތް އިއްޔެ ބާއްވައިފި އެވެ.
މާލޭގެ ޕްރީ ސްކޫލްތަކަށް ހުޅުވާލެވިގެން ބޭއްވި މި މުބާރާތުގައި 20 ސްކޫލަކުން 100 ދަރިވަރުން ބައިވެރިވި އެވެ. ކޮންމެ ސްކޫލަކުން ފަސް ދަރިވަރުން ބައިވެރިވެފައިވެ އެވެ.
ޖަމިއްޔަތުލް ފަލާހުން ބުނީ މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި، ކީރިތި ގުރުއާން ހިދުދަސް ކުރުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ބޭއްވި މުބާރާތެއް ކަމަށެވެ. އަދި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކިޔަވަން ދަންނަ ގިނަ ދަރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި ސްކޫލްތައް އެއްއަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް ޖަމްޢިއްޔަތުލް ފަލާހްއިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް