މޯލްޑިވިއަން އައިޑަލް ބޮބް ކާމިޔާބު ކޮށްފި

ޕީއެސްއެމްގެ ޓީވީއެމްއިން ކުރިޔަށް ގެންދާ މޯލްޑިވިއަން އައިޑަލް މުހައްމަދު ތަސްނީމް ކާމިޔާބުކޮށްފި އެވެ. ކ. މާފުށްޓަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ތަސްނީމް އާއި އައިޑަލްގެ ތަށި ހަވާލުކޮށްދެއްވީ ހެ...

13 May 2017 | 19:28

ޕީއެސްއެމްގެ ޓީވީއެމްއިން ކުރިޔަށް ގެންދާ މޯލްޑިވިއަން އައިޑަލް މުހައްމަދު ތަސްނީމް ކާމިޔާބުކޮށްފި އެވެ.

ކ. މާފުށްޓަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ތަސްނީމް އާއި އައިޑަލްގެ ތަށި ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމެވެ. މުބާރާތުން ދެވަނައަށް ދިޔައީ ހަމޫދް އަހުމަދެވެ. ޝަމްވީލް މުހައްމަދު ދިޔައީ ތިން ވަނަ އަށެވެ.

މި މުބާރާތުން އެއްވަނައަށް ދިޔަ ތަސްނީމް އަށް ޕީއެސްއެމްގެ ފަރާތުން ވަނީ 250،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި އެވެ. އަދި މިއުޒިކް ސްކޮލަޝިޕަކާއި، އޭ.ބީ.ޔޫ މިއުޒިކް ފެސްޓިވަލްގައި ޕާފޯމްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމްއިން ބުނެ އެވެ.

މީގެ އިތުރުން ސްޕޮންސަރުންގެ ފަރާތުން ވެސް ވަނީ ގިނަ އަދަދެއްގެ އިނާމުތަކެއް އެ ތިން ބައިވެރިންނަށް ދީފަ އެވެ.

މިރޭގެ ޝޯގައި ތަފާތު ފަންނާނުންނާއި އެކު ގަދަ ތިނެއްގައި ހިމެނުނު ބައިވެރިން ލަވަ ހުށަހަޅާދީފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މޯލްޑިވިއަން އައިޑަލްގެ ގަދަ ތިން ބައިވެރިންވެސް ލަވަ ހުށަހަޅައި ދިނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް