މި މަހުގެ އެކެއްގައި މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ބަންދަށް ހައި ކޯޓުން ތާއީދު ކޮށްފި އެވެ.
ހައި ކޯޓުން އެގޮތަށް އަމުރުކުރީ، އިމްރާނާއި އަލީ ވަހީދު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން އިއްވި ހުކުމްގަ އެވެ.
ކްރމިނަލް ކޯޓުން އެ ދެބެފުޅުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުދޭގޮތަށް ވާހަކަދައްކަވާފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނުމުންނެވެ.
އަލީ ވަހީދާއި އިމްރާން ވެސް ބަންދުކުރީ 15 ދުވަހުގެ މުއްދަތަކަށެވެ. އެ ތިން ބޭފުޅުންގެ ވެސް ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހަށެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެރޭ ހައްޔަރު ކުރި ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހިމް ބަންދުގައި ބަހައްޓަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ވަނީ ބާތިލް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް