ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނެސް ރަމަޟާން މަހުގެ އިނާޔަތް އެންމެންނަށް ހަމަހަމަކޮށް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު މީޑިއާގައި ވިދާޅުވެފައިވަނީ ރޯދަ މަހުގެ އިނާޔަތް ސަރުކާރު ހުރިހާ މުވައްޒަފުންނަށް ހަމަހަމަކޮށް ދިނުމާ މެދު ޕޮލިސީ ލެވެލްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެކަންތައް އެގޮތަށް ކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރުން އެގޮތަށް ނިންމިކަމުގައިވިޔަސް ދެން އެ އިސްލާޙު ހުށަހެޅޭނީ މިއަހަރުގެ ދެވަނަ ދައުރަށް މަޖިލީސް ހުޅުވުމުންނެވެ. މިހާރު މަޖިލީސް އޮތީ ޗުއްޓީގަ އެވެ.
މިއަހަރުގެ ރޯދަ މަސް ފެށެން ދެން ބާކީ އޮތީ މަހެއްހާ ދުވަސް ކަމުން ޖޫން މަހު މަޖިލީސް ހުޅުވިގެން މިއަހަރުގެ ރޯދަމަހުގެ ކުރިން އެބިލް ފާސް ކުރަން ވަރަށް ހަލުވި މަސައްކަތްތަކެއް ކުރަންޖެހޭނެ އެވެ. މިހާތަނަށް މަޖިލީހުން މުހިންމު ބިލްތަށް ފާސްކުރުމުގައި ގެންގުޅުނު ހަލުވި އަވަސް މިން ނުގެން
ގުޅެފިނަމަ ދެން ރޯދަ އިނާޔަތް ހަމަ ހަމަ ކުރަން ހުށަހަޅާ ބިލް ފާސްކޮށްގެން އަމަލު ކުރެވޭނީ އަންނަ އަހަރުގެ ރޯދަ މަހަށެވެ.
އެންމެންނަށް ހަމަހަމަކޮށް ރޯދަ އިނާޔަތް ދިނުމާ ބެހޭ ގޮތުން ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާއިރު ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭން ޖެހެނީ މުސާރައިގެ ތިން ބައިކުޅަ އެއްބަ އެވެ. ނަމަވެސް 2،000 ރުފިޔާ އަށް ވުރެ މަދުން މުސާރަ ލިބޭ މީހުންނަށް ރަމަޟާން މަހުގެ އެލަވަންސަށް 2،000ރ. ދޭންޖެހޭ އިރު، މުސާރައިގެ ތިން ބައިކުޅަ އެއްބައި 10،000ރ. އަށް ވުރެ ބޮޑުނަމަ، ދޭނީ 10،000ރ. އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް