ފީވަކުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ށ. ފީވަކުގައި އެސްޓީއޯގެ ފާމަސީ އެއް ހުޅުވައިފި އެވެ. އެސްޓީއޯއިން ބުނީ އެ ފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރު...

14 May 2015 | 08:58

ށ. ފީވަކުގައި އެސްޓީއޯގެ ފާމަސީ އެއް ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ އެ ފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވި ފާމަސީއެއް ކަމަށެވެ.

ބައެއް ރަށްރަށުން އާންމު ބޭސްތައް ވެސް ލިބެން ނުހުންނާތީ ރައްޔިތުންގެ ޝަކުވާ ބޮޑު އިރު މި އަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުން އެކަން ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފީވަކުގައި މހުޅުވުނު ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 114 އަށް އިތުރު ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް